އިންޑިއާގެ ކަނޑުގެ ސަރަހައްދުން އެޤައުމުގެ ކޯސްޓްގާޑުން ހިފެހެއްޓި "އަންބަރީ" ނަމަކަށް ކިޔާ ދިވެހި މަސް ދޯނި ދޫކޮށްލުމަށް އިންޑިއާގެ ސަރުކާރުން ނިންމައިފައިވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒްއާއި ގުޅައިގެން، މިދޯންޏާއި ދޯނީގެ ފަޅުވެރިން މިނިވަންކުރުމަށް ކުރި މަސައްކަތުން، މިއަދުގެ ވަގުތެއްގައި މި ދޯންޏާއި، ދޯނީގައި ތިބި ފަޅުވެރިން ދޫކޮށްލުމަށް އިންޑިއާ ސަރުކާރުން ނިންމައި، އެކަން ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދަށް އަންގާފައިވާކަމަށެވެ.

އިންޑިއާގެ ކޯސްޓްގާޑުން މި މަސްދޯނި ހިފަހައްޓާފައިވަނީ ޤަވާއިދާ ޚިލާފަށް އެޤައުމުގެ ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް މީގެ ދެ ދުވަސް ކުރިންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދޯނީގައި ތިބީ 11 ދިވެހިންނެވެ. އަދި އެ ދޯންޏަކީ ށ. ކޮމަންޑޫއަށް ނިސްބަތްވާ ދޯންޏެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.