މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުން ދާ ވިއްސާރާގައި، މާލޭގައި ފެންބޮޑުވެ ފެން ހިއްކަން ސިފައިން ނުކުމެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މާލެ ސިޓީއަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެންބޮޑުވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސިފައިން މާލޭގެ ދެ ސަރަހައްދެއްގައި ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ފެން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ އައިޖީއެމްއެޗް ސަރަހައްދުގައި އާއި ޓްރެކް ސަރަހައްދުގައި ކަމަށެވެ. އަދި ކުރަމުން ދަނީ ޕަމްޕް ބަހައްޓައިގެން ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ މޫސުން ކުރިއަށް ލަފާ ކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ އެވެ، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުންވެސް އެކަށީގެންވާ ކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.