ތިލަފުށި އަދި ގުޅީފަޅުގެ ބެލެނިވެރިފަރާތް ކަމުގައިވާ، ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް ވެހިކަލް އަދި މެޝިނަރީ ސްޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ކޮށްފައިވާ އިއުލާނެއްގައިވަނީ، ވެހިކަލް/ މެޝިނަރީ ގަނެ ސަޕްލައިކޮށްދެއްވުމުގެ ތަޖުރިބާއާއި، ޤާބިލްކަން ހުރި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް، ހުޅުވާލައިފައިވާ ކަމަށެވެ.
ޖީ.އެމް.އައި.ޒެޑް.އެލް ހޯދަން އިއުލާންކޮށްފައިވާ ވެހިކަލްތައް:
- އެކްސްކަވޭޓަރ 30،000 ކިލޯ
- ވީލް ލޯޑަރ 13،000 ކިލޯ
- ޑަމްޕް ޓަރަކް 15،000 ކިލޯ
- ޑަމްޕް ޓްރަކް 5،000 ކިލޯ
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަކަށް ވަނީ ހުޅިވާލެވިފައެވެ. އަދި މައުލޫމާތު ކަރުދާސް ދޫކުރުން، މިމަހުގެ 13 ވަނަ ދުވަހުގެ 13:00 އިން ފެށިގެން ފެންބިލްޑިންގގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ ޖީ.އެމް.އައި.ޒެޑް.އެލްގެ ހެޑް އޮފީހުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ފްރީ ބިޑް މީޓިންގ މިމަހުގެ 17 ވަނަ ދުވަހުގެ 10:30 ގައި އޮންނައިރު، ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން އޮންނާނީ މިމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ކަމަށް ޖީ.އެމް.އައި.ޒެޑް.އެލް ބުނެއެވެ.