މިދިޔަ ހަފްތާ މާލޭގައި 44 އެކްސިޑެންޓް ހިނގާފައިވާ ކަމަށާއި، އެ އެކްސިޑެންޓުތަކާ ގުޅިގެން ހަތް މީހެއްގެ ލައިސެންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އާންމުކޮށްފައިވާ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މި އެކްސިޑެންޓުތަކުގައި ފަސް މީހަކަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.
މިދިޔަ ހަފްތާ ގަވައިދާއި ހިލާފަށް އެއްގަމު އުޅަނދު ޕާކްކޮށްގެން 458 އުޅަނދުގައި ސްޓިކާ ޖަހައިފައިވާއިރު .1332 އުޅަނދު ޗެކުކޮށް، 105 އުޅަނދު ޓޯ ކޮށްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
މިދިޔަ ހަފްތާގައިވެސް އެންމެ ގިނައީ ސައިސަންސް ނެތި އުޅަނދު ދުއްވުމުގެ މައްސަލަތަކެވެ.