ޅ.އަތޮޅު ބޭރުގައި މަސްވެރިކަން ކުރަން އޮތް ދޯންޏެއްގައި ހުރި މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ފަރުވާދޭން ފަށައިފިއެެވެ. 

އޭނާއަށް ފަރުވާދޭން ފަށާފައިވަނީ ޅ. ނައިފަރަށް ގެންގޮސްއެވެ.

އެމްއެންޑީއެފް  ވިދާޅުވީ މަސްވެރިކަން ކުރަން އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބުނީ މިއަދު ހެނދުނު 6:30 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ޅ.ދިއްފުށިމާދޫގެ އިރުން 8 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުން ދިޔަ "ހަނދުވަރީ" ނަމަކަށް ކިޔާ ދޯނީގައި 42 އަހަރު ދިވެހި ފަޅުވެރިޔާގެ ލޮލަށް ބުޅި ހެރިމުން އޭނާއަށް ސިއްޚީ އަވަސް ފަރުވާ ދިނުމަށް ސީއެމްބިއުލެންސްގައި ޅ.ނައިފަރަށް ގެނގޮސްފައި ވަނީ މިއަދު 08:09 ހާއިރު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.