ދިވެހި ޓީޗަރުންނަށް ވެސް ފުޑް އަދި ހައުސިންގ އެލަވަންސް ލިބުން ހައްޤު ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ޓީޗަރުންގެ ދުވަހާ ގުޅިގެން ކުރި ޓްވީޓެއްގައެވެ.

އެގޮތުން އޭނާ ވިދާޅުވީ. އެމީހަކު ނިސްބަތްވާ ރަށެއްގައި މަސައްކަތް ކުރާ ޓީޗަރުންނަށްވެސް ކެއިން ބުއިމާއި، ބޯހިޔާވަހިކަން ހިލޭ ނުލިބޭއިރު، ދިވެހި ހުރިހައި ޓީޗަރުންނަށްވެސް ބިދޭސީ ޓީޗަރުންނެކޭ އެއްގޮތަށް ފުޑް އެލަވަންސާއި ހައުސިންގ އެލަވަންސް ލިބުން ހައްޤުވާ ކަމަށާއި އުފާވެރިކަން ހުރިހާ ޓީޗަރުންނަށްވެސް ހައްޤު ކަމަށެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިޢާރަކީ، "ޒުވާން މުދައްރިސުން: ތަޢުލީމީ ދާއިރާގެ ކުރިމަގު"އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.