މުދައްރިސުންނަށް ދެމުން އަންނަ މުސާރާ ކުޑަވުމާއި, އެ ފަރާތްތަކަށް ކުރާ އިހުތިރާމު ކުޑަވުމުގެ ސަބަބުން ބައެއް މުދައްރިސުން ވަޒީފާގައި ދެމިތިބުމަށް ހުރަސް އެޅޭކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މުދައްރިސުންގެ ދުވަހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މުޅި ދުނިޔޭގައިވެސް މުދައްރިސުން ވަޒީފާ ދޫކުރާ ނިސްބަތް މަތިވެވެފައިވާ ކަމަށާއި، އެކަމަކީ އެންމެންވެސް ވިސްނައި ފިކުރު ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އަދި މަދުރަސާތަކުގައި ކިޔަވައިދޭން ހަރަކާތްތެރި މުދައްރިސުންގެ އައު ޖީލެއް އުފެދިގެން ނުގޮސްފި ނަމަ، ދަރިވަރުން ކިޔެވުމުން މަހުރޫމްވެގެން ހިނގައިދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އައިޝާ ވަނީ، ރާއްޖޭގެ ސްކޫލުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިލްމު އުގަންނައިދިނުމަށް ބޭނުންވާ ވަސީލަތްތައް މަދުކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ މުދައްރިސުން ކުރައްވާ ބުރަ މަސައްކަތަކީ މަތިވެރި ގުރުބާނީ އެއް ކަން ފާހަގަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.