ދީނީ އިލްމުވެރިންގެ ޖަމިއްޔާއެއް އުފައްދުމަށް ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ދީނަށް ފުރައްސާރަ ކުރުމާއި ދީނުގެ ނަމުގައި ހައްދުފަހަނައެޅުން ހުއްޓުވުމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ ރާއްޖޭގެ ބައެއް އިލްމުވެރިންނާއެކު، ބޭއްވި ބައްދަލުވުމުގައެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑީޔާ އޮފިޝަލް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި މި ބައްދަލުވުމުގައި މިކަން ހައްލު ކުރުމަށް ޤާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ  ޔަޤީންކަން މިނިސްޓަރ އަރުވާފައިވާކަމަށާއި،  ދީނީ ކަންކަމުގައި މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރާނެ ދީނީ އިލްމުވެރިންގެ ޖަމިއްޔާއެއް އުފެއްދުމަށް ވެސް މި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

މިފަދަ ބައްދަލުވުމެއް ބާއްވާފައިމިވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގަައި އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ހިމަނާފައިވާ މައްސަލައެއް ފެންމަތިވެެފައިވާ ދަނޑިވަޅެއްގައެވެ.

އެ ރިޕޯޓުގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާފައިވުމުގެ އިތުރުން ވަނީ ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިހި ވަސައްލަމައަށް  ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ވެސް ބޭނުންކޮށްފައެވެ.

އެމްޑީއެންގެ އެ ރިޕޯޓާ ގުޅިގެން  މީސްމީޑިޔާގައި އެ ޖަމިއްޔާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުން، އެ ޖަމިއްޔާއިން ވަނީ އެކަމަށް މައާފަށް އެދި ދީނީ އިލްމުވެރިއެއްގެ އެހީގައި އެ ރިޕޯޓު އިސްލާހުކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.