އަށާރަ އަހަރުން ދަށުގެ ކުޑަކުދިން ހިމެނޭ ގޮތަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތަށް ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ ކޯޗު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 08:20 ހާއިރު 46 އަހަރުގެ ސައުތު އެފްރިކާގެ ފިރިހެނެއް ހައްޔަރު ކޮއްފައިވާ ކަމަށެވެ.
އަދި އޭނާ ހައްޔަރު ކޮއްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް އުޅެނިކޮށް ކަމަށާއި، އޭނާ ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުދިންނާއި، އަދި 18 އަހަރުން މަތީގެ ބަޔަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.