ކްރޮސް ރޯޑްސްގައި މިނިސްޓްރީ އޮފް ކްރެބް ފްރެންޗައިޒް ހުޅުވައިފިއެވެ.

މި ރެސްޓޯރެންޓް ރަސްމީކޮށް ހުޅުވައިދިނީ އިންޑިއާގެ މަޝްހޫރު ފޮތް ލިޔުންތެރިޔާ، މަޖައްލާ ލިޔުންތެރިޔާގެ އިތުރުން ޓީވީ ހޯސްޓް ރަޝްމީ އުދޭ ސިންގްއެވެ.

މިނިސްޓަރ އޮފް ކްރެބް އަކީ ކަކުނި، އަދި ޑިނގާ ފަދަ ޑިޝްތަކަށް ހާއްސަ ރެސްޓޯރެންޓެކެވެ. މި ރެސްޓޯރެންޓުގެ ހާއްސަކަމަކީ ކަކުނި، އަދި ޑިނގާ ތައްޔާރުކުރުމަށް ބޭނުންކުރާ ތަކެއްޗެވެ.

އެ ރެސްޓޯރެންޓްގެ ޝެފް ދަރްޝަން މުނިދަސާ ވިދާޅުވީ، ކޮންމެ ހަފްތާއަކު ވެސް ތިން ފަހަރު ސްރީލަންކާ އިން އެކްސްޕޯޓްކޮށްގެން ކަކުނި ގެންނަ ކަމަށާއި، އެ ތަކެތި ބޭނުންކުރަނީ އައިސްނުކޮށް ތާޒާ ކަންމަތީގައި ކަމަށެވެ.

މި ރެސްޓޯރެންޓަކީ 48 މީހުންގެ ޖާގައިގެ ރެސްޓޯރެންޓެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.