ސިންދިތާ އޮފީހުގެ ދެ ތިޖޫރީއެއް ހަލާކުކޮށްލައި، ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުން ވިދާޅުވީ، ސިންދިތާ އޮފީހުގެ ތިޖޫރީތައް ހަލާކު ކޮށްލައިގެން 30000 ރުފިޔާ އާއި 4700 އެމެރިކާ ޑޮލަރު ވަގަށް ނަގާފައިވާ ކަމަށާއި، ވަގަށް ނެގި ޖުމްލަ ފައިސާގެ އަދަދު 102474 ދިވެހި ރުފިޔާއަށް އަރާކަމަށެވެ،

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 09:07 ހާއިރުއެވެ. މި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައިއެއް ނުވެއެވެ،

ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.