ރ. އުނގޫފާރުގައި ބުޅަލުގެ އުނދަގޫ ބޮޑުވެއްޖެ ކަމަށް ބުނެ ބުޅާ މަރާ މީހުންނަށް ފައިސާ އިނާމް ދިނުމަށް އެ ރަށު ކައުންސިލުން ފާސްކުރި ގަރާރަށް ފާޑުކިޔުން އަމާޒުވުމުން އެ ބާތިލުކޮށްފި އެވެ.

ގަރާރު ބާތިލުކޮށްފައި ވަނީ ރޭ އެ ކައުންސިލުން ބޭއްވި ކުއްލި ބައްދަލުވުމެއްގަ އެވެ.

ގަރާރު ބާތިލުކުރި ސަބަބެއް ކަމަށް ކައުންސިލުން ބުނީ ބުޅާ މެރުމާމެދު ރައީސް އޮފީހާއި މިނިސްޓްރީތަކާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކަންބޮޑުވުން ފާޅު ކުރަމުންދާތީ ކަމަށެވެ. 

އުނގޫފާރު ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެރަށުގައު ބުޅަލުގެ އުނދަގޫ ކުޑަ ކުރުމަށްޓަކާ ބުޅާ ހިފުމަށް ފަހު ކައުންސިލާއި ހަވާލު ކުރުމުން ކޮންމެ ތިން ބުޅަލަކަށް 100 ރުފިޔާ ދޭން ކައުންސިލުން ނިންމާފައިވާ ކަމަށެވެ. 

ޖަނަވާރުންނަށް އަނިޔާ ކުރުމަކީ ގާނޫނުލްއުގޫބާތުގައި ކުށެކެވެ. އުގޫބާތުގެ 625 ވަނަ މާއްދާގައިވާ ގޮތުން އަނިިޔާވެރިކަމާއެކު ޖަނަވާރަކަށް އަނިޔާކޮށްފި ނަމަ އެއީ ޖުނަހްގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށަކަށް އެއް މަހާއި ހަ މަހުގެ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.