ރިސޯޓެއް ގޮތަށް ތަރައްގީ ކުރަމުންދާ ނ.ދިގުރަށުގައި ބޭނުން ކުރަމުންދިޔަ ގާއަޅާ މެޝިނެއްގެ ބެލްޓް ދަށުވެ ބިދޭސީއަކު މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގައި މަރުވެފައިވަނީ ސަން ކޮންސްޓްރަކްޝަން ކުންފުނީގެ ދަށުން މަސައްކަތް ކުރާ އުމުރުން 25 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ބެލި ބެލުމުން މި މީހާ އަށް އަނިޔާވެފައިވަނީ އެ ރިސޯޓުގައި މަސައްކަތް ކުރަމުންދަނިކޮށް ގާ އަޅާ ބޮޑު މެޝިނެއްގެ ބެލްޓު ދަށުވެގެން ހިނގި އެކްސިޑެންޓެއްގައި ކަމަށްފުލުހުން ބުނެއެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ،

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.