މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި މިއަދު ހެނދުނު ވަރަށް ހާއްސަ ކޭކެއް ފަޅައިފިއެވެ.

އެ ކޭކު ފެޅުމަށް މޯލްޑިވް ގޭސް (ހުޅުމާލޭ ސޭލް) ގައި މިއަދު ހެނދުނު ހާއްސަ ރައްމިއްޔާތެއް ބާއްވައިފައިވާއިރު، އެ ކުންފުނީގެ ގިނަ މުވައްޒަފުންނާއި އިސްވެރިން އެ ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.

މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ދުވަހުގެ ކޭކު ފަޅައިދެއްވީ, އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ސަލީމްގެ އިތުރުން އެކުންފުނީގެ ޗެއާމަންއެވެ.

ކޭކުފެޅުމުގެ ރަސްމިއްޔާތުގައި ވަނީ އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު ނަސީބުވެރި ފަރާތްތަކަށް "ސަޕްރައިޒް ހަދިޔާ"އެއްގެ ގޮތުގައި އަގުހުރި ހަދިޔާއެއް ދީފައެވެ.

މޯލްޑިވް ގޭހުން ވަނީ އަހަރީ ދުވަހާއި ދިމާކޮށް، ކޮންމެ 20 ވަނަ ކަސްޓަމަރަކަށް، އެ ކަސްޓަމަރު ބައްލަވައިގަންވާ ހުރިހާ ތަކެއްޗެއް މުޅިން ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފައެވެ. މިއަދު 8:00 ގައި ފެށި އެ ޕްރޮމޯޝަން ކުރިއަށްދާނީ މިރޭގެ 22:00 ހަމައަށެވެ. އެ ޕްރޮމޯޝަން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުންނަ މޯލްޑިވް އައުޓްލެޓްތަކުގައި ކުރިއަށްދާނެއެވެ.

މޯލްޑިވް ގޭހުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.