ރ. އުނގޫފާރުގައި ބުޅާ މަދުކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

އެރަށު ކައުންސިލުން ގެޒެޓުގައި ޝާއިރުކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ، ބުޅަލުގެ ސަބަބުން ގޭގޭގެ ފުރާޅުން ފެންނެގުމަށާއި, މީހުންނަށް އުދަގޫވާކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުން އަންނަ ކަމަށާއި އެހެންކަމުން  ބުޅާ ގިނަވާ މައްސަލައަށް ހައްލެއް ހޯދުމަށް ރަށުން ބުޅާމަދުކުރުމުގެ ޕްރޮގުރާމެއް ހިންގުމަށް ކައުންސިލުން ނިންމާފައިވާކަމަށެވެ.

އަދި، ބުޅަލުގެ އުނދަގޫ ކުޑަކުރުމަށްޓަކާ ބުޅާ ހިފާ ކައުންސިލާއި ހަވާލްކުރުމުން، ކޮންމެ 3 ބުޅަލަކަށް -/100 (ސަތޭކަ ރުފިޔާ) ދޭނެ ކަމަށަށެވެ. 

 އެ ކައުންސިލުން ބުޅާ ބަލައިގަންނާނީ ހެނދުނު 8:30 ން މެންދުރު 11:00 އަށް ކަމަށާއި، ކަނޑައެޅިފައިވާ ވަގުތު ފިޔަވާ އެހެން ވަގުތު ތަކުގައި ގެންނަ ބުޅަލާއި ކުނިވެފައިވާ ބުޅާ ބަލައިނުގަނެވޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

އުނގޫފާރު ކައުންސިލުން ބައެއް  މިޑިޔާތަކަށް ބުނެފައިވަނީ ފައިސާ ލިބޭނީ ބުޅާ މަރާލުމަށް ފަހު ކައުންސިލާއި ހަވާލު ކުރުމުން ކަމަށެވެ.

މިޕްރޮގުރާމް ކުރިއަށްދާނީ އަންނަ ނޮވެމްބަރު މަހުގެ 30 ގެ ނިޔަލަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.