މާބަނޑު ދުވަސްވަރު ނޭވާކުރުވުމަކީ އާންމުކޮށް ދިމާވާނެ ކަމެކެވެ. ބައެއް ފަހަރު ބަޑަށް 3 މަހާއި ހަތަރުމަހާއި ދެމެދު ނޭވާކުރުމުގެ މައްސަލަތައް ކުރިމަތިވެދާނެއެވެ. އަދި ބައެއް ފަހަރު އޭގެ ކުރިންވެސް އަދި އޭގެ ފަހުގައިވެސް އެފަދަ މައްސަލަތައް ކުރިމަތިވެދާނެއެވެ.

މާބަނޑު ދުވަސްވަރު ނޭވާކުރުވަނީ އެ ދުވަސްވަރަކީ ހަށިގަނޑަށް އޮކްސިޖަން ބޭނުންވާ މިންވަރު އިތުރު ދުވަސްވަރަކަށް ވުމުންނެވެ. ބަލިވެއިނުމުން ޕްރޯޖެސްޓަރޯން ހޯރމޯން އިތުރުވުމުން، އޭގެ އަސަރު ސީދާ ފުއްޕާމެޔަށް ކުރާގޮތްވެއެވެ. އަދި ސިކުނޑީގައިވާ ނޭވާލުމަށް އެހީތެރިވެދޭ މަރުކަޒު ހީވާގިކޮށް ހަރަކާތްތެރި ކުރުވައެވެ. މިއަންނަ ބަދަލާއި ގުޅިގެން، ނޭވާލާއިރު އެތެރެވެ، ބޭރުވާ ވައިގެ ނިސްބަތް އިތުރުވަމުން ދެއެވެ.

މާބަނޑު ދުވަސްވަރު ބަލިވެއިނުމާއި ގުޅިގެން ހަށިގަނޑަށް އަންނަ ބަދަލުތަކަށް ހޭނެމުންދާއިރު ނޭވާކުރުވެ، ނޭވާލާން އުނދަގޫވުމަކީ ވެދާނެ ގޮތެކެވެ. އަދި ކުއްޖާ ހެދިބޮޑުވަމުން އަންނަ ވަރަކަށް ނޭވާލާން އުނދަގޫވުމުގެ މައްސަލަތައް ކުރިމަތިވެއެވެ.

ނޭވާ ކުރުވުމަށް މަގުފަހިކުރާ ކަންތައްތައް

  • މާބަނޑު ދުވަސްވަރު މާބޮޑަށް ބަރުދަން އިތުރުވުން،
  • ފެންކޮތަޅުގައި ފެންގިނަވުން،
  • އެއްކުއްޖަކަށްވުރެ ގިނަކުދިންނަށް ބަލިވެ އިނުން
  • ނޭވާ ހިއްލުމުގެ މައްސަލަ ހުރުން
  • ލޭމަދުވުން.

މާބަނޑު ދުވަސްވަރު ކުރިމަތިވާ ނޭވާކުރުވުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

  • ގިނައިން އަރާމު ކުރުން
  • އިށީނދެ އިންނައިރު ހަށިގަނޑު ގުދު ނުކޮށް ސީދަލަށް އިނުން
  • ލަސްލަހުން ފުންކޮށް ނޭވާލުން
  • ކަސްރަތު ކުރުން
  • ނިދާއިރު ވާތްފަރާތައް ބުރަވެ އޮވެ ނިދުން

މާބަނޑު ދުވަސްވަރު ނޭވާކުރުވާ ކޮންމެ ފަހަރަކު ސިއްހީ މާހިރެއްގެ ލަފާ ނުހޯދިޔަސް ރަނގަޅުވާނެއެވެ. ުވުނަމަވެސް އަވަސް އަވަހަށް ނޭވާލެވުމާއި، ނޭވާކުރުވުމާއި އެކު މޭގައި ރިއްސުމާއި، ނޭވާލާން އުނދަގޫވެ އަނވުރައިގަތުން ފަދަ ކަންކަން ވަނީ ނަމަ ލަސްނުކޮށް ސިއްހީ މާހިރެއްގެ އެހީ ހޯދަން ޖެހޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.