ރޭ މާލޭ ރަސްފަންނު ސަރަހައްދުގައި އުމުރުން 18 އަހަރު ނުވާ ތިން އަންހެން ކުދިންގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މީސް މީޑިޔާގައި ދައުރުވި ވީޑިއޯއެއްގައި ފެންނަނީ ދެ އަންހެން ކުދިން ވެގެން އިތުރު ކުއްޖަކަށް ހަމަލާދޭ މަންޒަރެވެ. ދެކުދިން ވެގެން ދެން ހުރި ކުއްޖާ ގައިގާ ތަޅައިގަނެ، ބިންމައްޗަށް ވައްޓާލާ މަންޒަރު ފެނެއެވެ.

އެ ދެކުދިން ހުއްޓުވާފައިވަނީ އެ ސަރަހައްދުގައި ތިބި ޒުވާން ދެ ފިރިހެން ކުދިންނެވެ.

މިމައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުނުކުރާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.