އިންސާނިއްޔަތަށްޓަކައި އޭނާގެ ކިޑްނީ ބޭނުންޖެހިފައިވާ މީހަކަށް ހަދިޔާކުރަން ތައްޔާރަށް ހުރި ކަމަށް ނެށުންތެރިއެއްގެ ގޮތުގައި އާއްމުންގެ މަޤުބޫލުކަން ހޯދި އަލީ ޝާހިދު (ސްޓެޕް އައްޔަ) ވެސް ބުނެފިއެވެ.

"ނޯޓީ 40" އަދި "40 ޕްލަސް" ފަދަ ހެއްވާ މަޖާ ފިލްމުތަކުންވެސް ފެނިގެންގޮސްފައިވާ ސްޓެޕް އައްޔަ އޭނާގެ ފޭސްބުކް އެކައުންޓްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކްރޮސްމެޗް ދިމާވާނަމަ ކިޑްނީ ދޭން ތައްޔާރަށް ހުރި ކަމަށާއި، އިންސާނިއްޔަތަށްޓަކައި ކިޑްނީ ހަދިޔާކުރުން އުފަލަކަށް ހެދުމަށެވެ.

"ކްރޮސް މެޗް ދިމާވާނަމަ ކިޑްނީ ދޭން ތައްޔާރު. މާދަމާ ވެސް މަރުވެދާނެ. އިންސާނިޔަތައްޓަކައި ކިޑްނީ ހަދިޔާ ކުރުން އުފަލަކަށް ހަދަމާތޯ. މާތްﷲ ވޮޑިގެން ވަނީ އިހްސާންތެރިންނާއި އެކު." އައްޔަ ލިޔެފައިވެއެވެ.

ކިޑްނީ ހަދިޔާކުރަން ތައްޔާރަށް ހުރިކަން ސްޓެޕް އައްޔަ އިއުލާން ކުރުމާއި އެކު ވަރަށް ގިނަ ބަޔަކު ދަނީ އޭނާއަށް އެކި މަންސަތަކުގައި ތައުރީފް ކުރަމުންނެވެ.

ސްޓެޕް އައްޔަގެ އިތުރުން އައްޑު ސިޓީ ހުޅުދޫ އަހުމަދު ރިޔާހް (ފިރާޒް) ވެސް ކިޑްނީ ހަދިޔާ ކުރަން ތައްޔާރަށް ހުރި ކަމަށް ބުނެ ފޭސްބުކްގައި ވަނީ މީގެ ކުރިން ޕޯސްޓެއްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.