ފްރީ ޑައިވްގެ ދުނިޔޭގެ ރެކޯޑް ރާއްޖެއިން ގާއިމްކޮށްފިއެވެ.

"ފްރީ ޑައިވް ވޯލްޑް ރެކޯޑް" އަކީ އެންމެ ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ރެކޯޑު ހަދަން ބާއްވާ އިވެންޓެކެވެ.

މި ރެކޯޑް ރާއްޖެއިން ހެދީ 521 ޑައިވަރުން ޑައިވްކޮށްގެންނެވެ.

މި ރެކޯޑް ގާއިމް ކުރުމަށް 523 ޑައިވަރަކު ބައިވެރިވިއިރު، ދެ ޑައިވަރަކު ޑިސްކޮލިފައިވިއެވެ.

މި ހަރަކާތް ކުރިއަށް ދަނީ ބަރޮސް މޯލްޑިވްސްގައެވެ. މި ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ދުނިޔޭގެ ފްރީ ޑައިވްގެ ދުނިޔޭގެ ރެކޯޑް ކުރިން ހަދާފައި ވަނީ ނިއުޒިލޭންޑްގެ ވިލިއަމް ޓްރުބްރިޖް އިސްވެ ހުރެ އިޓަލީއިން 2009 ވަނަ އަހަރުގައެވެ.

ދުނިޔޭގެ ޓޫރިޒަމް ފެއާ ފާހަގަކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ދަނީ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އޭގެ ތެރޭގައި ޖޮބް ފެއާއަކާއި ކެނޯ ރޭހެއް ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.