މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ދުވަހާއި ދިމާކޮށް، އެ ކުންފުނީގެ ކަސްޓަމަރުން ހާއްސަކޮށްގެން ވަރަށް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މޯލްޑިވް ގޭހުގެ 20 ވަަނަ އަހަރީ ދުވަހަކީ މިމަހުގެ 3 ވަނަ ދުވަހެވެ.

މޯލްޑިވް ގޭހުން ބުނީ، އެ ދުވަހުގެ މުނާސަބާގައި އެކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާއެއްގެ ގޮތުގައި ކޮންމެ 20 ވަނަ ކަސްޓަމަރަކަށް ބައްލަވައިގަންނަވާ ކޮންމެ އެއްޗެއް މުޅިން ހިލޭ ލިބޭނެ ޕްރޮމޯޝަނެއް ކުރިއަށްދާނެ ކަމަށެވެ.

އެ ޕްރޮމޯޝަން ކުރިއަށް ދާނެ އައުޓްލެޓްތައް:

  • މާލެ އައުޓްލެޓް
  • ހުޅުމާލެ އައުޓްލެޓް
  • ވިލިމާލެ އައުޓްލެޓް

މޯލްޑިވް ގޭހުގެ ހެޑް އޮފް މާކެޓިންގ އެންޑް ބިޒްނަސް ޑިވެލޮޕްމެންޓް އާމިނަތު މުހައްމަދު ސައީދު ވިދާޅުވީ، އެ ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 3 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ރޭގަނޑު 22:00 އަށް ކަމަށެވެ.

މޯލްޑިވް ގޭހުން ވަނީ މީގެ ކުރިންވެސް އަހަރީ ދުވަހުގެ މުނާސަބާގައި ލުއިފުޅީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފައެވެ. އެ ޕްރޮމޯޝަނަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.