ހެންވޭރުގައި ހަދަމުންދިޔަ އިމާރާތަކުން ބިއްލޫރިގަނޑެއް މަގުމައްޗަށް ވެއްޓިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 12:45 ހާއިރުއެވެ. ބިއްލޫރިގަނޑު ވެއްޓިފައި ވަނީ ވައިލެޓް މަގުގައި ހުރި އިމާރާތަކުންނެވެ.

ފުލުހުން ވިދާޅުވީ، ހެންވޭރު ވައިލެޓް މަގުގައި ހަދަމުންދިޔަ އިމާރާތަކުން ބިއްލޫރިގަނޑެއް ވެއްޓުނު ކަމުގެ މަޢުލޫމާތު މިއަދު މެންދުރު 12:49 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ

އެ ހާދިސާގައި އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ސައިކަލުތަކަކަށް ވަނީ ގެއްލުން ލިބިފައެވެ.

އެ ހާދިސާގައި މީހަކަށް އަނިޔާއެއްވެފައެއް ނުވެއެވެ..

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.