މާލޭ ސިޓީ ކައުންސިލް ވިލިމާލޭ ސެކްޝަނުގެ ތިޖޫރީ ފަޅާލަން ބަޔަކު ކުރި މަސައްކަތް ކާމިޔާބު ނުވުމުން ތިޖޫރި ދޫކޮށްލުމަށް ފަހު އެމީހުން ފިލައިފިއެވެ.

ފުލުހުން ވިދާޅުވީ އެ އޮފީހުގެ ކުޑަދޮރު ހަލާކުކޮށްލައިގެން ވަދެ، އެ އޮފީހުގެ ތިޖޫރީ ފަޅާލަން މަސައްކަތް ކޮށްފައިވާ ކަމުގެ މައުލޫމާތު ރޭ ފަތިހު 5:20 ހާއިރު ލިބިފައިވާ ކަމަށެވެ.

އަދި މިހާތަނަށް ބެލި ބެލުމުން އެ އޮފީހުން އެއްވެސް ފައިސާއެއް އަދި އެހެން އެއްވެސް އެއްޗެއް ވަގަށް ގެންގޮސްފައިވާކަން އެނގިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.