ދޮށީ އުމުރުގެ މީހުންނާއި ގުޅޭ ގޮތުން އެންމެ ގިނައިން ހުށަހެޅެނީ އެމީހުންނަށް އެމީހުންގެ ދަރިންނާއި އާއިލާ އިން އަޅާނުލާ މައްސަލަ އާއި ދައުލަތުންދޭ މާލީ އިނާޔަތްތަކުގެ ބޭނުން އެފަރާތްތަކާއި، ހަވާލުވެ ތިބޭ ބައެއް މީހުން ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވިދާޅުވެއްޖެއެވެ.

އެޗްއާރްސީއެމް އިން މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ދޮށީ އުމުގެ މީހުންގެ ދުވަހާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެޗްއާރްސީއެމް އިން ވިދާޅުވީ ދޮށީ އުމުރުގެ މީހުންނަށް އަޅާނުލާ މައްސަލައާއި އެމީހުންނަށް ލިބޭ މާލީ އިނާޔަތް އެހެން މީހުން ބޭނުން ކުރާ މައްސަލަތައް ހުއްޓުވަން ޖެހޭ ކަމަށާއި، އެކަން ކުރުމަށް ހަރުދަނާ އުސޫލުތަކެއް ބޭނުންވާ ކަމަށެވެ.

އަދި އެ ފަދަ ފަރާތްތަކަށް އާއިލާއާއި މުޖުތަމައުގެ ފަރާތުން ދޭން ޖެހޭ ލޯތްބާއި އިހްތިރާމް ދިނުމަށް އެ ބަޔާނުގައިވަނީ އިލްތިމާސްކޮށްފައެވެ.

އެޗްއާރްސީއެމްގެ ބަޔާނުގައި ވިދާޅުވީ ދޮށީ އުމުރުގެ މީހުން ބާކީނުކޮށް ވަޒީފާ އަދާކުރުމާއި، ތައުލީމާއި ތަމްރީން ލިބުގައާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ކުރިމަތިލުމުގެ އިތުރުން ލޯނު ލިބުމުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ހަމަހަމަ ފުރުސަތު ލިބޭނެ އިންތިޒާމް ގާއިމްވެފައި އޮންނަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ދޮށީއުމުރުގެ މީހުންގެ ރައްކާތެރިކަން ދައުލަތުން ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.

ބަޔާން ނިންމާލަމުން އެޗްއާރްސީއެމުން ވަނީ ދޮށީ އުމުރުމުގެ މީހުންގެ ހައްޤުތަކާއި މެދު މީހުން ހޭލުންތެރިކުރުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.