ޓީ ޖެޓީގައި މިއަދު ހަވީރު ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ. އެ އަލިފާނުގެ ހާދިސާ ހިނގީ މިއަދު ހަވީރު 3:45 ހާއިރުއެވެ.

އެ ހާދިސާގައި މިހާތަނަށް ހަތަރު ތެޔޮ ބައުޒަރާއި، ލޯންޗެއް އަނދާ ހުލިވެފައިވާއިރު، ފުރަތަމަ ހުޅު ހިފީ ލޯންޗުގެ އިންޖީނުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ރޯވި ލޯންޗު މިހާރު ވަނީ ޓީ ޖެޓީ ތެރެއަށް އަޑިއަށް ގޮސްފައެވެ.

ރޯވި، ލޯންޗަކީ އއ. އަތޮޅަށް މީހުން އުފުލަން ފެރީއެއްގެ ގޮތުގައި ބޭނުން ކުރާ ލޯންޗެކެވެ. އެ ހާދިސާ ހިނގިއިރު އޭގެ ފަޅުވެރިން ފިޔަވައި އިތުރު ބަޔަކު ނެތެވެ.

އެ ހާދިސާގައި ޖުމްލަ ހަތްމީހަކު ފިހިގެން އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އަދި އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.