ޓީ ޖެޓީގައި އޮތް ދެ ތެޔޮ ބައުޒަރާއި ލޯންޗެއްގައި ރޯވި އަލިފާންގަނޑުގެ ސަބަބުން ފިހުނު މީހުންގެ އަދަދު ހަތަކަށް އަރައިފިއެވެ.

ފިހުނު އެންމެންނަށްވެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި އޭގެން އެކަކުގެ ހާލު ސީރިއަސް ކަމަށްވެސް މައުލޫމާތު ލިބެއެވެ. 

ފިހުނު މީހުންގެ ތެރޭގައި ހިމެނެނީ ހަ ދިވެއްސަކާއި ބިދޭސީއެކެވެ.

އެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 3:45 ހާއިރުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.