ޓީ ޖެޓީގައި އޮތް ދެ ތެޔޮ ބައުޒަރާއި ލޯންޗެއްގައި ރޯވި އަލިފާންގަނޑުގެ 90 އިންސައްތަ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެ ހާދިސާގައި މިހާތަނަށް ހަތް މީހަކު ފިހިގެން އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން އަންނައިރު އެކަކުގެ ހާލު ސީރިއަސްއެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެނގިފައެއް ނުވެއެވެ.

އަލިފާން ރޯވި ސަރަހައްދުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ރޯވި އަލިފާންގަނޑުން ބޯކޮށް ދަނީ ދުން އަރަމުންނެވެ.

ބައެއް މަންސަތަކުން ހާމަކޮށްފައިވާ ގޮތުގައި އެ ހާދިސާގައި ތިން ބައުޒަރެއްގައި ރޯވިއެވެ. އަދި ފިހުނު މީހުންގެ އަދަދު 9 އަކަށް އަރައެވެ. ނަމަވެސް މިކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި ކަށަވަރުކޮށެއް ނުދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.