ރޯވެފައިވަނީ ދެ ތެޔޮ ބައުޒަރާއި، ލޯންޗެއްގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ޓީ ޖެޓީގައި އޮތް ދެ ތެޔޮ ބައުޒަރާއި ލޯންޗެއްގައޮ ރޯވެފައިވާ ކަމަށާއި، މިހާރު އަލިފާންގަނޑު ފެތުރުން ކޮންޓްރޯލް ކުރެވިއްޖެ ކަމަށެވެ.
އެ ހާދިސާގައި މިހާތަނަށް ހަތް މީހަކު ފިހިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ. އަދި އެ އެންމެންނަށްވެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު އެކަކުގެ ހާލު ސީރިއަސްއެވެ.
އަލިފާނުގެ ހާދިސާ ހިނގީ ސީދާ ކޮން ސަބަބަކާއި ހުރެ ކަން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.