މާލެ ޓީ ޖެޓީ ސަރަހައްދުގައި އޮތް ދެ ތެޔޮ ބައުޒަރާއި ލޯންޗެއްގައި ރޯވެ އަނދަމުން އެބަ ދެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ޓީ ޖެޓީ ސަރަހައްދުގައި އޮތް ދެ ތެޔޮ ބައުޒަރާއި ލޯންޗެއްގައި އަލިފާން ރޯވެފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި މިހާރު އެމްއެންޑީއެފުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މީސް މީޑިޔާގައި އާންމުވެފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް ފަރާތްތަކަށް ވަނީ މި ހާދިސާގެ ސަބަބުން ގެއްލުންވެފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ރޯވި އަލިފާންގަނޑު ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.