ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރެވޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ޓެރަރިޒަމްގެ ޤާނޫނަށް ގެނައި އިސްލާހުތައް ފާސްވީ 52 މެންބަރުންގެ ވޯޓުންނެވެ.

އެ ޤާނޫނަށް އިސްލާހުތައް ހުށަހެޅިއިރު މީހަކު ކޯޓަށް ހާޒިރުނުކޮށް، 48 ގަޑިއިރު ބެހެއްޓޭނެ ކަމަށް އޮތް މާއްދާ ވަނީ 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރު ކުރަން ޖެހޭ ގޮތައް ބަދަލު ކޮށްފައެވެ.

ނަމަވެސް ޓެރަރިޒަމްގެ ކުށުގެ ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރު ކުރެވޭ ގޮތައް އޮތް ބަޔަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެހެންކަމުން މިއިސްލާހުތައް ރައީސް ތަސްދީގު ކުރެއްވުމާއި އެކު ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރު ކުރެވޭނެއެވެ.

މި ބިލްގައިވާ ގިތުން ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ކުރާ ކަންކަމާއި ސަރުކާރުން ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ޓެރަރިޒަމްގެ އަމަލެކެވެ.

ހަނގުރާމައެއްގައި ބައިވެރިވުމަށް ދިއުމާއި ހަނގުރާމަ އަށް ދިއުމަށް ހިތްވަރު ދިނުމާއި ހަނގުރާމަ އަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވަން މަސައްކަތް ކުރުން ފަދަ ކަންކަމުން ވެސް މީހުން ކުށްވެރިވާނެ ކަމަށް ވެސް ބިލްގައި ބުނެފައި ވެއެވެ. އަދި ނިރުބަވެރި ޖަމާއަތްތަކަށް ތާއީދުކުރުމަކީވެސް ބިލުގައިވާ ގޮތުން އަދަބު ބޮޑު ކުށެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.