ޖޯޑަންގެ ގައުމީ އެއާލައިން, ރޯޔަލް ޖޯޑޭނިއަން އިން ރާއްޖެ އަށް ޗާޓަރު ދަތުރުތަކެެއް ފަށައިފިއެވެ.

އެ އެއާލައިންގެ ފުރަތަމަ ޗާޓަރު ފްލައިޓް ރާއްޖެ އައިސްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އަންނަ މަހުގެ 16 ގެ ނިޔަލަށް ހަފްތާ އެކު ދަތުރެއް އެއާލައިނުން ރާއްޖެއަށް ކުރާނެއެވެ.

ޖޯޑަންގެ ވެރިރަށް އައްމާން އާއި ރާއްޖެ އާއި ދެމެދު ސީދާ ދަތުރުތައް ފެށުމުން މެދުއިރުމަތިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ.

ފަތުރުވެރިކަމާއި ބެހޭ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެ އަށް 42،774 ފަތުރުވެރިން އައިސްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.