އަބަދަށްފެހި މަގުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޒިޔާރަތްކުރައްވައި އެސަރަޙައްދުގެ ހާލަތު ބައްލަވާލައްވައިފިއެވެ.

އދ ގެ ޢާންމު މަޖިލީހުގައި ތަޤްރީރުކުރެއްވުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެން ރައީސް ފުރަތަމަ ޒިޔާރަތްކުރެއްވީ އެ ސަރަހައްދަށެވެ.

ރައީސް އޮފީހުން  ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ރައީސް ޞާލިހް ކުރެއްވި މި ޒިޔާރަތަކީ މިމަހުގެ 20 ވަނަ ދުވަހު ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސަރަޙައްދުގެ މިހާރުގެ ޙާލަތު ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތެއް ކަމަށެވެ.

އެ ހާދިސާގައި 500 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާއިރު، އެކަކު ވަނީ މިދުނިޔެއާއި ވަކިވެފައެވެ.

އަބަދަށް ފެހި މަގުގައި އަލިފާނުގެ ހާދިސާ ހިނގީ ކެމިކަލް ރައްކާކުރާ ގުދަނެއްގައި އަލިފާން ރޯވެގެންނެވެ. .

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.