ރާއްޖޭގެ 11 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަށް ތިން ކުންފުންޏަކާ ހަވާލުކޮށް،ފިއެވެ.

އެ ރަށްތަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ހަވާލުކޮށްފައިވަނީ ސްޓެޓިކް ކޮމްޕެނީއާއި އަލްޓެކް މޯލްޑިވްސް އާއި ސާސް އީ ކޮންސްޓްރަކްޝް ކުންފުންޏާ އެެވެ. އެ މަޝްރޫއުތަކުގެ ޖުމްލަ އަހު 269 މިލިއަން ރުފިޔާއަށް އަރައެވެ.

އެ މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާގެ ނިޒާމު އެޅުމުގެ މަސައްކަތް ކުރިއަށް ދާނެ ރަށްތަކަކީ:

  1. ނ. ނަރުދޫ - ފެނާއި ނަރުދަމާގެ ނިޒާމް (25.5 މިލިއަން ރުފިޔާ)
  2. ށ. މާއުނގޫދޫ - ފެނާއި ނަރުދަމާގެ ނިޒާމް (25 މިލިއަން ރުފިޔާ)
  3. ނ. ޅޮހި - ފެނާއި ނަރުދަމާގެ ނިޒާމް (25 މިލިއަން ރުފިޔާ)
  4. ނ. ހޮޅުދޫ - ފެނުގެ ނިޒާމް (16 މިލިއަން ރުފިޔާ)
  5. ކ. ގުޅި - ފެނާއި ނަރުދަމާގެ ނިޒާމް (27 މިލިއަން ރުފިޔާ)
  6. ފ. މަގޫދޫ - ފެނާއި ނަރުދަމާގެ ނިޒާމް (31 މިލިއަން ރުފިޔާ)
  7. ރ. އިނގުރައިދޫ - ފެނާއި ނަރުދަމާގެ ނިޒާމް (34 މިލިއަން ރުފިޔާ)
  8. ލ. މާވަށް - ފެނުގެ ނިޒާމް (21 މިލިއަން ރުފިޔާ)
  9. ހއ. ފިއްލަދޫ - ފެނާއި ނަރުދަމާގެ ނިޒާމް (27.4 މިލިއަން ރުފިޔާ)
  10. ހދ. ފިނޭ - ފެނާއި ނަރުދަމާގެ ނިޒާމް (21 މިލިއަން ރުފިޔާ)
  11. ހދ. ނައިވާދޫ - ފެނުގެ ނިޒާމް (15.4 މިލިއަން ރުފިޔާ)

މި ރަށްތަކުގައި މަޝްރޫއު ހިންގައި ނިންމުމަށް އެކުންފުނިތަކަށް ދީފައިވަނީ ދެ އަހަރުގެ މުއްދަތެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.