ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަސްކަރިއްޔާގެ ޗީފް އޮފް އާރމީ ސްޓާފް، ޖެނެރަލް ބިޕިން ރާވަތު، ރާއްޖެ ވަޑައިގަންނަވައިފިއެވެ.
ބިޕިން ރާއްޖެ ވަޑައިގަންނަވާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ބިޕިން ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.
އިންޑިއާގެ ޗީފް އޮފް އާރމީގެ މި ދަތުރުފުޅަކީ ހަތަރު ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.
ބިޕިންގެ މި ދަތުރުފުޅުގައި، ދިވެހިރާއްޖޭގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާ ބައްދަލުކުރައްވާނެއެވެ.
ބޮޕިންގެ މި ދަތުފުޅުގައި ޅ.މާފިލާފުށީގައި ހުންނަ ސިފައިންގެ ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.