ފިލިޕީންސްގެ ޒަމްބޮއޭންގާ ސިޓީގެ ސްކޫލެއްގެ ޓީޗަރަކު ދަރިވަރުން މުހިންމު ޓެސްޓެއް ހަދަމުންދިޔަ ވަގުތު އެ ދަރިވަރުންނަށް ހިތްވަރުދިނުމުގެ ގޮތުން ކޯކް އާއި ޕިއްޒާ ދީފިއެވެ.

އަރްނުލްފޯ ބާލަސް ނަމަކަށް ކިޔާ އެ ޓީޗަރު ޕިއްޒާއާއި ކޯކު ދީފައިވަނީ އިމެކުލޭޓް ކޮންސެޕްޝަން އާރޗިޑައޯސެސަން ސްކޫލު (އައިސީއޭއެސް) ގެ ދަރިވަރުންތަކަކަށެވެ.

އަރްނުލްފޯ ޕިއްޒާ އާއި ކޯކުތަކުގެ ފޮޓޯއާއި އެކު އޭނާގެ ފޭސްބުކް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އެކަން އޭނާ ކުރީ ދަރިވަރުން މޯޓިވޭޓް ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި ޓެސްޓް ހެދުމަށް ފަހު ދަރިވަރުންނަށް ޕިއްޒާ އާއި ކޯކު ލިބެން ހުރުމުން އެ ކުދިންގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު ފެނިގެން ގޮސްފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

އަލްނުލްފޯގެ މި އަމަލަށް ގިނަ ބަޔަކު ތައުރީފްކޮށްފައިވާއިރު، ބައެއް ފަރާތްތަކުން ވަނީ އެކަމުގެ ސަބަބުން ކުދިންނަށް ނޭދެވޭ އަސަރު ކުރާނެ ކަމަށްވެސް ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.