ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ މި ދައުވާތައް އުފުލާފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް 2014 އަދި 2015 ވަނަ އަހަރު ހިންގި ކޮރަޕްޝަނާއި، ޚިޔާނާތްތެރިވުމުގެ ކުށްތަކާ ގުޅިގެން ކަމަށެވެ.

އެ ދައުވާތައް އުފުލާފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށްފަހު ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމުންނެވެ. އެ މައްސަލަ ޕީޖީއަށް ފޮނުވީ މި މަހުގެ 21 ވަނަ ދުވަހު އެވެ.

އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވާއިރު ސްޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ރާއްޖެއިން ބޭރަށް ގޮސް ފިލަން މަސައްކަތްކުރި މައްސަލާގައި އަދީބަށް ވަނީ ތިން މަހާއި 18 ދުވަހުގެ ހަލު ހުކުމެއް އިއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.