މިހާރު ނޭޕަލްގެ ވެރިރަށް ކަތުމަންޑޫގައި ކުރިއަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ތިންވަނަ ހޮވި މެޗުގައި ބޫޓާން އަތުން 1-0 އިން މޮޅުވެ ދިވެހިރާއްޖޭން އެ މުބާރާތުގެ ތިންވަނަ މަގާމު ހާސިލްކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ކުޅެވުނު މި މުބާރާތުގެ ސެމީ ފައިނަލްގައި ގަދަފަދަ އިންޑިއާ އަތުން 4-0 ގެ ތަފާތަކުން ރާއްޖެ ބަލިވެ ފައިނަލަށް ދިއުމުގެ ފުރުޞަތު ގެއްލިފައިވާއިރު، ސެމީގައި ވާދަކުރެވުމަކީ ޔޫތު ލެވެލްގައި ރާއްޖެ އަށް ލިބުނު ރަނގަޅު ކާމިޔާބީއެކެވެ. އެންމެ ފަހުގެ ދެ މުބާރާތުުން ރާއްޖެ ކެޓީ ކުޅުުނު ހުރިހާ މެޗަކުން ބަލިވެ ގްރޫޕް ސްޓޭޖުންނެވެ.

މި ފަހަރުގެ މުބާރާތުގައި ބޫޓާނާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު 0-0 އިން އެއްވަރުވިއިރު، އިއްޔެ ކުޅުނު ތިންވަނަ ހޮވި މެޗުގައި ރާއްޖޭން ކާމިޔާބުކުރި ހަމައެކަނި ލަނޑުޖަހައިދިނީ އިބްރާހިމް އިމްރާން އެވެ.

މިއަދު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލްގައި ބައްދަލުކުރާނީ ސެމީގައި ރާއްޖެ ބަލިކުރި އިންޑިއާ އާއި ބޫޓާންގެ މައްޗަށް 4-0 އިން ކުރިހޯދި ބަންގްލަދޭޝް އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.