ފާއިތުވި ހަފްތާގައި މާލޭގައި 43 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ކޮންމެ ހަފްތާއަކު ފުލުހުން އާއްމުކުރާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި މާލޭގައި 43 އެކްސިޑެންޓް ހިނގި އިރު، 15 މީހަކަށް ވަނީ އަނިޔާވެފައެވެ.

އަދި މިދިޔަ ހަފްތާގައު ޤަވައިދާއި ހިލާފަށް ޕާކް ކޮށްފައި ހުރި 481 ވެހިކަލެއްގައި ފުލުހުން ސްޓިކާ ޖެހި އިރު، 76 އުނޅަދެއް ވަނީ ޓޯކޮށްފައެވެ.

މިދިޔަ ހަފްތާގައި ފުލުހުން 196 ވެހިކަލް ޗެކްކޮށްފައިވާއިރު، ޤަވައިދާ ހިލާފުވެގެން 138 ފަރާތެއް ވަނީ ޖޫރިމަނާކޮށްފައެވެ. އޭގެ ތެރެއިން އެންމެ ގިނައީ ޖޫރިމަނާކޮށްފައިވަނީ ލައިސަންސް ނެތި ދުއްވި ފަރާތްތަކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.