ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭގޮތް ހެދުމާގުޅޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ، މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ލޯކް ސިއު ފޫކް އާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ. 

މި ބައްދަލު ކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭގޮތް ހެދުމަށް އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާ ކުރައްވައިފައެވެ. 

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނީ ވަރަށް އަވަހަށް އެކަމުގެ އެއްބަސްވުމުގައި ދެޤައުމުން ސޮއިކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން އިތުރުން މެލޭޝިއާގައި ދިވެހި ދަރިވަރުން ހަދާ އޭވިއޭޝަން ދާއިރާއާ ގުޅުންހުރި ކޯސްތަކަކީ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރެވޭ ފެންވަރުގެ ކޯސްތަކަކަށް ހެދުމާ ގުޅޭ ގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މެލޭޝިއަން އޭވިއޭޝަަން އެކެޑެމީގައި އޭޓީސީ ޓްރެއިނިން ފުރުސަތުތައް ދިވެހީންނަށް ހޯއްދަވައިދޭނެކަމަށް އެގައުމުގެ ދަތުރުފަތުރާ ބެހޭ ވަޒީރު ވިދާޅުވެފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.