ސްޓޭޑް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއާއި އިންޑިއާގެ ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ، ޑރ ރެޑީ ފާމާއާއި ގުޅިގެން ހިތުގެ ބަލިތަކާ ގުޅޭ ކޮންފަރެންސްއެއް އިއްޔެ ހޮޓެލް ޖެންގައި ކުރިއަށް ގެންގޮސްފިއެވެ.

މި ކޮންފެރެންސް ކުރިއަށް ގެންގޮސްފައިވަނީ ދުނިޔޭގެ ހިތުގެ ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.

ޑރ. ރެޑީ ފާމާއަކީ ރާއްޖެއަށް ސިއްހީ ދާއިރާއާ ގުޅޭ ގިނަ ތަކެތި އެސްޓީއޯއަށް ސަޕްލައިކޮށްދޭ ކުންފުންޏެކެވެ.

އެސްޓީއޯއިން ބުނީ ހިތުގެ ބަލިތަކާއި މެދު ހޭލުންތެރިކުރުވުމަށް ބޭއްވުނު މި ކޮންފަރެންސަކީ އައިޖީއެމްއެޗާއި އޭޑީކޭ އަދި ޓްރީޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށްގެން ބޭއްވި ކޮންފަރެންސްއެއް ކަމަށެވެ.

އެ ކޮންފަރެންސްގައި އޭޑީކޭއާއި އައިޖީއެމްއެޗް އަދި އިންޑިއާގެ އަމްރީތާ ހޮސްޕިޓަލުގެ ޑޮކްޓަރުން ވަނީ މައުލޫމާތު ދެއްވައިފައިވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެ އަހަރަކު ހިތާއި ލޭނާރުގެ ބަލިތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 17.5 މިލިއަން މީހުން މަރުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.