ކުށް ކުރާ ބިދޭސީން ޑިޕޯޓު ކުރުމުގެ ބަދަލުގައި ހައްޔަރުކޮށް ތަހުގީގުކުރަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒްމިހެން ވިދާޅުވީ ރޭ ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު، ދާދި ފަހުން އިމިގްރޭޝަނުން ވަނީ ރާއްޖޭގައި ޤާނޫނާއި ހިލާފަށް ގިނަ ވިޔަފާރިތަކެއް ކުރަމުންދާ ކަމުގެ ތުހުމަތުގައި ދެ ބިދޭސީއަކު ޑީޕޯޓްކޮށްލައިފައެވެ.

މިނިސްޓަރ ވިދާޅުވީ. ޑިޕޯޓުކުރި ދެ ބިދޭސީންނަކީ ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް އަމަލުކުރަމުން ދިޔަ ދެ ބިދޭސީން ނަމަ، އެ ބިދޭސީން ހައްޔަރުކޮށް ތަހުގީގުކުރަން ޖެހޭ ކަމަށެވެ.

"ވަރަށް ރަނގަޅުވީސް އެމީހުން ހައްޔަރުކޮށްގެން އެމީހުންނާ ގުޅުންހުރީ ދެން ކޮން ބިދޭސީންނެއްތޯ ނުވަތަ ދިވެއްސެއްނަމަ ކޮން ދިވެއްސެއްތޯ ބަލާލެވުނު ނަމަ،" ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ، ފަދަ މައްސަލަތަކުގައި އެއްވެސް ތަހުގީގެއް ނުކޮށް ޑީޕޯޓްކޮށްލުމަކީ މި މައްސަލައިގެ އިތުރު މައުލޫމާތު ހޯދުމަށް އެޅޭ ހުރަހެއް ކަމަށެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް 63،000 ވުރެ ގިނަ ބިދޭސީން އުޅޭކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާއިރު، ސަރުކާރުން މިހާރު ވަނީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ބަންގްލަދޭޝްއިން އަންސްކިލްޑް ނުވަތަ މަސައްކަތް ނުދަންނަ ބިދޭސީން ގެނައުން އެއް އަހަރަށް ހުއްޓާލައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.