ރާއްޖޭގެ 67 ރިސޯޓަކުން ބައިވެރިވެފައިވާ، ޓޫރިޒަމް ޖޮބް ފެއާ ފަރުކޮޅު ފުށީގައި ފަށައިފިއެވެ.

މި ފެއާ ހުޅުވައިދެއްވީ, އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.

މި ފެއާ، ފަރުކޮޅު ފުށީގައި ކުރިއަށްދާއިރު، ފެއާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފެއާއަށް ޒިޔާރަތް ކޮށްލުމުގެ ފުރުސަތު ވަނީ މުޅިން ހިލޭ ހުޅުވާލައިފައެވެ.

މި ފެއާގެ ރަސްމިއްޔާތު ފައްޓަވައި ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މި ފެއާ މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަން ނިންމާފައިވާ ކަމަށާއި، އެ ފެއަރގެ ސަބަބުން ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.

ޖޮބް ފެއަރ ކުރިއަށް ދާނީ މިއަދުން ފެށިގެން ތިން ދުވަހުގެ ނިޔަލަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.