ގާތްގަނޑަކަށް 7000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ރާއްޖޭގައި އޯލެވެލް އިމްތިހާނު މިއަދު ފަށައިފި އެވެ.

ރާއްޖޭގެ 194 ސްކޫލެއްގައި އެ އިމްތިހާނު ބާއްވައިފައިވާއިރު، އަމިއްލަ ސެންޓަރުތަކުން ވެސް އޯލެވެލް އިމްތިހާނުގައި ދަރިވަރުން ބައިވެރިވެފައިވެ އެވެ.

އޯލެވެލް އިމްތިހާން ކުރިއަށްދާނީ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިމްތިހާނު ފެށުމުގެ ގޮތުން މި އަދާއި މާދަމާ އޮންނާނީ އެސްއެސްސީ އިމްތިހާނުގެ ދެމާއްދާ ކަމަށްވާ ދިވެހި މާއްދާ އަދި އިސްލާމް މާއްދާ އެވެ.

އޯލެވެލް އިންތިހާނު މިއަދު ފަށައިފައިވާއިރު، އަންނަ މަހު އޭލެވެލް އިމްތިހާނުވެސް ފެށޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.