ދުނިޔޭގެ ގުޑި އެރުވުމުގެ ފުންނާބު އުސް ފަންނާނުންނާއި އެކު މިއަދު ކައިޓް ފެސްޓިވަލްއެއް ބާއްވަން ނިންމާއިފިއެވެ.

ކޮކޫން މޯލްޑިވްސް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރުސީ)އިން ކުރިިއަށް ގެންދާ މި ހަރަކާތުގައި އި ދުނިޔޭގެ ނަން މަޝްހޫރު ކައިޓް ޗެންމްޕިއަނުން ކަމަށްވާ ބްރެޒިލްގެ ގިލްހާމް ލިނަރެސް އާއި އިޓަލީއަށް ނިސްބަތްވާ އެޑީ އެންޖަލީނޯގެ އިތުރުން ޗައިިނާގެ ތަރި ޑޭނިއަލް މޫ ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭ އެކުވެނި ކްރިކެޓް ސްޓޭޑިއަމް ސަރަހައްދުގައި މިއަދު ހަވީރު ފަށާ މި ހަރަކާތް ކުރިއަށް ގެންދާނީ ދެ ދުވަހުގެ ނިޔަލަށެވެ.

ގުޑި އެރުވުމުގެ މި ހަރަކާތުގެ ދެވަނަ އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 4 ވަނަ ދުވަހު ޅަވިޔަނި އަތޮޅު ހިންނަވަރުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.