ރާއްޖޭގެ އެހީ ދޭ ޖަމިއްޔާއެއްކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އެއްކުރި ފައިސާ އިން ސީރިއާގައި ސްކޫލެއް ހުޅުވައިފިއެވެ.

މި ސްކޫލް ހުޅުވާ މިހާރު މި ސްކޫލްގައި 250 ޔަތީމު ކުދިން ކިޔަވަމުން ދެއެވެ. ސީރިއާ ތެރޭގައި ތުރުކީގެ ބެލުމުގައި ދަށުގައި އޮތް ސަރަހައްދެއްގައި ހުންނަ މި ސްކޫލްގެ ނަމަކީ އަލޫކާއެވެ. އެ ސަރަހައްދަކީ މިހާރު ރައްކާތެރި ސަރަހައްދެކެވެ.

މި ސުކޫލް މި މަހުގެ ތެރޭގައި ހުޅުވާފައިވާއިރު، މި ޕްރޮޖެކްޓްގެ ދަށުން ވަނީ މިސްކިތެއްވެސް ވަނީ ހުޅުވާފައެވެ. މި ސުކޫލަކީ ކުރިންވެސް ކިޔަވައިދީފައިވާ ސުކޫލެއް ނަމަވެސް ހަމާލާތަކުގައި ސުކޫލް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމުން ސުކޫލް މަރާމާތުކޮށް ކިޔަވައިދޭން ފަށާފައިމިވަނީ، ދިވެހިންގެ ފަރާތުން ލިބުނު ދީލަތި އެހީގައެވެ.

ކުރިޔަށް އޮތްތަނުގައި ކޮމްޕިއުޓަރ ލެބަކާއި، ލައިބްރަރީއެއް ހުޅުވަން މަސައްކަތް ކުރަމުން ދާއިރު، މިހާރުވެސް އެ ސުކޫލްގެ ދަރިވަރުންނަށް ޔުނީފޯމާއި، ކާނާ ފޯރުކޮށްދިނުމަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާކަމަށްވެސް އައިއޭސީން މައުލޫމާތުދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.