ސަފާރީއަކުން ބޭލި ރާފުޅިތަކަކާއެކު 02 މީހުން ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން  ވިދާޅުވީ، ރޭ 08:50 ހާއިރު ހުޅުމާލެ ލަކުޑި ޖެޓީއަށް ކައިރިކުރި ޑިންގީއަކުން ގެނައި އެއްޗެހިތަކެއް ފުލުހުންނަށް ޝައްކުކުރެވިގެން ދެ މީހަކު ބަލާ ފާސް ކުރިއިރު އެ މީހުން ގެންގުޅުނު ހަ ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ، 49 އަހަރުގެ ފިރިހެނަކާއި، 42 އަހަރުގެ ފިރިހެނެކެވެ. އެއީ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން ވިދާޅުވިއެެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.