ފަނަރަ ދުވަސް ތެރޭގައި ނިއު ޕޯޓް ހުރި ބިން ހުސްކުރަން ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ.

ނިއު ޕޯޓް ވިއު ހިންގާ ބިން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތިން އަހަރަށް ސްޓްރާޑާ ކުންފުންޏާ ހަވާލުކުރީ މާލެ އާއި ހުޅުލެއާ ދެމެދު ބުރިޖު އަޅާ މަންޒަރު ބަލަން ޕްލެޓްފޯމެއް ތަރައްގީކުރަންށާއި، ރެސްޓޯރެންޓެއް ހެދުމަށެވެ. އެ މުއްތަދު ފަހުން އަށް އަހަރަށް ވަނީ އިތުރުކޮށްފައެވެ.

މިދިޔަ މަހު ޕްލޭނިންގ މިނިސްޓްރީން ވަނީ ކުރީ ސަރުކާރުން ސްޓްރާޑާ ކުންފުންޏާއި އެކު އެއްބަސްވުން ބާތިލްކޮށްފައެވެ. ސަަބަބެއްކަމުގައި އެ މިނިސްޓްރީން ބުނީ އެ ކުންފުނިން ކުލީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ޤަވައިދުން ނުދައްކާތީ ކަމަށެވެ.

 އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ، އެ އެއްބަސްވުން ބާތިލް ކުރުމަށްފަހުވެސް އެ ބިން ސްޓާރާޑާ ކުންފުންނިން ބޭނުންކޮށްފައިވާކަމަށް ބުނެ އެކަމުގެ ބަދަލު ހޯދުމަށެވެ.

ސިވިލް ކޯޓުން މިއަދު ކުރެއްވި ޙުކުމުގައި ވިދާޅުވެފައި ވަނީ މިއަދުން ފެށިގެން 15 ދުވަސް ތެރޭގައި ނިއު ޕޯޓް ހުސްކޮށް، ދައުލަތާއި ހަވާލު ކުރުމަށާއި، އަދި ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ކަމަށް ސާބިތުވާ 1.1 މިލިއަން ރުފިޔާ މިލިއަން ރުފިޔާ އާއި ބިން ހަވާލު ކުރުމާއި ހަމައަށް އަރާ ޖޫރިމަނާ ވެސް ދެއްކުމަށް ޙުކުމް ކުރާކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.