ބޮލީވުޑްގެ ކާމިޔާބު ކޮމެޑީ ސިލްސިލާ ފިލްމް “ހައުސްފުލް” ގެ 4 ވަނަ ބައިގެ ޕޯސްޓަރު ދައްކާލަފިއެވެ.
ޕޯސްޓަރުން ފެންނަ ތީމްއަށް ބަލާއިރު، ބޮޑަށް ލަފާކުރެވެނީ މިފަހަރުގެ ބައިން ތަރިންގެ ދެ ރޯލެއް ފެނިގެންދާނެކަމަށެވެ. އެއީ މީގެ އެތައްސަތޭކަ އަހަރުތަކެއް ކުރީގެ މީހެއްގެ ގޮތަށާއި އަދި މިޒަމާނުގެ ގޮތަށެވެ. މިއީ އިންޑިއާމީހުން ގަބޫލުކުރާ ގަބޫލުކުރުމެއްކަމުގައިވާ، "ރީއިންކާރނޭޝަން" ގެ މައްޗަށް އުފައްދާ ހެއްވާ މަޖާ ފިލްމެއްކަމަށް ޕޯސްޓަރުގައި ބުނެފައިވެއެވެ.
ހައުސްފުލްގެ ހަތަރުވަނަ ބައިގެ ލީޑު ރޯލުތަކުން ފެނިގެންދާނީ އަކްޝޭ ކުމާރު، ރިތޭޝް، ބޮބީ ޑިއޯލް, ކްރިތީ ސެނޮންގެ އަދި ޕޫޖާ ހެޖްއެވެ.
މިހާތަނަށް ގެނެސްދީފައިވާ ހައުސްފުލްގެ ކޮންމެ ބައެއްވެސް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ.
“ހައުސްފުލް 4” ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 27 ގައެވެ.