ޗައިނާގެ 70 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު ނައިބު ރައީސް، ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ.

މިރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ޗައިނާގެ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ފަރާތުން ނައިބު ރައީސަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. ޗައިނާ އެމްބަސީގެ ފަރާތުން މިފިލާ ނައިބު ރައީސް ފައިސަލް ނަސީމާއި  ހަވާލުކޮށްދެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސްޓަރ ޖަންގް ލީ ޖޮންގް އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ޗައިނާގެ ޤައުމީ ދުވަހަކީ އޮކްޓޯބަރ މަހުގެ 01 ވަނަ ދުވަހެވެ. ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 14 އޮކްޓޫބަރު 1972 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.