ބިދޭސީ މަސައްކަތްތެރިން އެތެރެކުރަން ހުއްދަ ހޯދުމަށްޓަކައި ކޯޓާއަށް އެދި އޮޅުވާލައިގެން ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހެޅި ފަރާތްތަކެއްގެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ބިދޭސީން ގެންނަން ކޯޓާ އަށް އެދޭއިރު ސައްހަ ނޫން ލިޔުންތައް ހުށަހަޅާކަން ފާހަގަކުރެވޭ ކަމަށެވެ. އެފަދަ ފަރާތްތަކުން ހުށަހަޅާ ލިޔުންތަކުގެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ހުށަހަޅަމުން އަންނަ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ވަނީ 13 ފަރާތެއްގެ ނަން އާންމުކޮށްފައެވެ. އެ ތޭރަ ފަރާތަކީ؛

1) ނިއު ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

2) މިޝްކާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

3) ވެމްޒޯ ޕްރައިވެޓް ލިމިޓެޑް

4) ސަރަމީ ޕްރައިވެޓް ލިމިޓެޑް

5) ޒުބެއިރު އަބްދުﷲ (ރަންހިރު ފެހުން)

6) ސައިފުﷲ ހަސަން (ކިންގް ކޮންސްޓްރަކްޝަން)

7) ޖިއާޒު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

8) ނިއޯ އީކޯ ޕްރައިވެޓް ލިމިޓެޑް

9) އުޘްމާން ނައީމް (ކޮމްބައިން ބިލްޑް)

10) މުހައްމަދު ފަތުހުﷲ (އެފްއެސްބީ ހޯލްޑިންސް)

11) ސަން ސިޓީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

12) ސިނޮޕެކް ޕްރައިވެޓް ލިމިޓެޑް

13) ވޯޓާ ޕާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އިތުރުވަމުންދާތީވެ، އެކަން ހުއްޓުވުމަށް ސަރުކާރުން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އެއް އަހަރު ވާންދެން ބަންގްލަދޭޝްގެ އެއްވެސް މަސައްކަތު މީހަކު ގެނައުންވަނީ މަޑު ޖައްސާލާފައެވެ. އަދި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ދެވަނަ ޕްރޮގްރާމެއްގެ ދަށުން އަލުން ރަޖިސްޓްރީކުރުމަށް ވަނީ ހުޅުވާލާފައެވެ.

ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފައެވެ. ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ ސީދާ އަދަދު ނޭނގޭކަމަށާއި ނަމަވެސް އަންދާޒާ ކުރެވޭ ގޮތުގައި އެ އަދަދު މަދުވެގެން 50،000 އަށް ވުރެން މައްޗަށް އަރާނެކަމަށް ފައްޔާޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.