ރާއްޖޭގެ އަތޮޅު ތެރޭ ތިން ހޮސްޕިޓަލެއްގެ ވޯޑުތައް އެއަރ ކޮންޑިޝަން ކުރުމަށް ބަޔަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

އެއަރ ކޮންޑިއަން ކުރުމަށް ހަމަޖެހިފައިވާ ތިން ހޮސްޕިޓަލަކީ, ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި،  އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިތުރުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލެވެ.

މި ތިން ހޮސްޕިޓަލްގެ ހުރިހާ ވޯޑްތައް އޭސީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގަން ރީޖަނަލް ހޮސްޕިޓަލްގެ ވޯޑުތައް އޭސީ ކުރުމަށް ހަވާލުކޮށްފައި ވަނީ ޕްރޯ އޭސީ އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް ކުުރުމަށް އެ ކުންފުންޏަށް ދީފައި ވަނީ 120 ދުވަހެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްތަކުގެ ވޯޑްތައް އޭސީ ކުރުމަށް އައިރިން އެންޓަ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާއިރު،މި މަސައްކަތް ކުރުމަށް އެ ކުންފުންޏަށް ދީފައި ވަނީ 90 ދުވަހެވެ.

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްތަކުގެ ވޯޑްތައް އޭސީ ކުރުމަށް ހަވާލުކޯށްފައި ވަނީ، ރެފްކޫލްއާއެވެ. މި މަސައްކަތް ކުރުމަށް އެ ކުންފުންޏަށް ދީފައިވާ މުއްދަތޚީ 120 ދުވަހެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.